އަމިއްލަގޮތުން މަޖިލީހަށް އިންތިހާބުވި އިތުރު މެމްބަރެއް ޕީއެންސީ އަށް

4 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހަށް އަމިއްލަގޮތުން އިންތިހާބުވި އިތުރު މެމްބަރެއް ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފިއެވެ.


އެގޮތުން އެ ކޮންގްރެސް އާ ގުޅިވަޑައިގަތީ ތިނަދޫ ދެކުނު ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން އަހުމަދުއެވެ.

މުލިއާގޭގައި މޭ 23 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއި ކުރެއްވުމަށްފަހު، މެމްބަރޝިޕް ފޯމު ހަވާލު ކުރެއްވީ ރައިސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.


މިއަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދަވާފައެވެ.


އެހެންކަމުން އެ ޕާޓީން ބޭނުންވާ ގޮތަކަށް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު ކާމިޔާބުކުރުމުގެ އިޚްތިޔާރު އޮތްއިރު، މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމް ހޮވުމަށް ވަނީ ނިންމާފައެވެ.


މަޖިލިސް ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރާނީ މޭ 28 ވަނަ ދުވަހު މެންބަރުން ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް އާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު