ދިވެހީންގެ އެހީތެރިކަމާއެކު ޣައްޒާގައި އަނެއްކާ ވެސް ވަގުތީ މިސްކިތެއް

1 month ago

އަފްރާހް

ދިވެހީންގެ އެހީތެރިކަމާއެކު ޣައްޒާގައި އަނެއްކާ ވެސް ވަގުތީ މިސްކިތެއް އިމާރާތްކޮށްފިއެވެ.


މިއީ ހިދުމަތް ޖަމިއްޔާ އާއި ތުރުކީގެ އުއްމަ ޖަމިއްޔާ ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ.


ހިދުމަތް ޖަމިއްޔާ އިން 'އޮއިވަރު' އަށް މައުލޫމާތު ދެއްވިގޮތުގައި މިއީ 200 އާއި 300 އާ ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތް ބިނާކޮށްފައިވަނީ ތިން ސްކޫލެއް ހިމެނޭ ސަރަހައްދެއްގައި ކަމަށެވެ.


އެޖަމިއްޔާ އިން މީގެކުރީން ވެސް ވަނީ ޣައްޒާގައި ވަގުތީ ދެ މިސްކިތެއް ނުވަތަ ނަމާދުގެއެއް އަޅައިދީފައެވެ. އަދި މީގެއިތުރު މަޝްރޫއުތައް ވެސް އެޖަމިއްޔާ އިން ޣައްޒާގައި ގެންދަނީ ހިންގަމުންނެވެ.


އެގޮތުން ކޮންމެދުވަހަކު ވެސް ކައްކާފާ ކާންދިނުމާއި ފައިސާގެ އެހީތެރިކަން ބޭނުންވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި ސާފު ބޯފެން ފޯރުކޮށްދިނުުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.


ހިދުމަތް ޖަމިއްޔާ އިން ވަނީ މިފަދަ ފުރުސަތުތަކުގައި ދިވެހިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ރަސާދު ހަސަން މާސާ އަލޯހު ވަރަށް ބޮޑަށް ޝުކުރިއްޔާ

މާސާ އަލޯހު ވަރަށް ބޮޑަށް ޝުކުރިއްޔާ

1 month ago