![](/assets/img/janavaaru-default-logo.png)
3 months ago
ޖަޕާނުން ދަނޑުވެރިކަން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ) ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކިއުރިޓީ 2025 ގެ ދަށުން ހުޅުވައިލި ފުރުސަތެކެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލަރޝިޕް މި ފުރުސަތަކީ މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮއްފައިވުމާއި 1 އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮއްފައިވުމާއި އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެއެވެ.
ޖައިކާގެ މި ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ފޮލް ޓްރާންސްކްރިޕްޓްގެ ކޮޕީއައި މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ ހިމެނެއެވެ.
މީގެއިތުރުން މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ، ޖައިކާ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި، މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ރާއްޖެއަށް ހިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ. އަދި ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.
ހަމަމިއާއެކު ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެމީހަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުމާއި މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހިމެނެއެވެ.
މި ސްކޮލަރޝިޕަށް ހުޅަހެޅުމުގެ ސުންގަނޑިއަކީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އެވެ.