ލ. ގަމު އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓުތަކުގެ ބޮޑުބައި ނިމިއްޖެ

1 month ago

އަފްރާހް

ހައްދުންމަތީ ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓު މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.


މިއީ 2022 ވަނަ އަހަރުގެ މެއި މަހު އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ.


އެރަށުގައި 100 ހައުސިންގ ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށެވެ.


އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓުގެ ތެރެއިން 98 ޔުނިޓު ވަނީ ހިޔާކޮށް ނިންމާފައެވެ. އަދި އޭގެތެރެއިން 64 ޔުނިޓެއްގައި ސިމެންތިޖަހައި 12 ޔުނިޓެއްގެ އެތެރެ އަދި ބޭރު ސީލިންގުކޮށް އެއްކޮށްވަނީ ނިންމާފައެވެ.


މީގެއިތުރުން މިހާރު 50 ޔުނިޓެއްގެ މުށި ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު، 48 ޔުނިޓެއްގެ ކަރަންޓު ވައިރިންގ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.


އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިންގ ޔުނިޓެވެ. އެ ކޮންމެ ހައުސިންގ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.


ގަމުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިންގ ޒޯނެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު