2 months ago
އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ ތައާރަފުކޮށްފިއެވެ.
އެ ކުންފުންޏަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.
މިއަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއަރ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)، އެއަރ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ) ހިމެނެއެވެ.
މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް މިއަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބޭނެކަމަށް އުރީދޫ އިން ވިދާޅުވެއެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗަރޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫ އާއި އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗަރޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ.
މިއީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.