މީރާގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

4 weeks ago

އަފްރާހް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މި މަހުގެ 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި މީރާގެ 14 މުވައްޒަފަކު ބައިވެރިވިއެވެ.


މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. އަދި އަލިފާން ނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.


މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރފައިޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު