ކަސްޓަމްސްގެ މުވައްޒަފުން އެމްއެންޔޫގެ ކޯހުން ތަމްރީނުވަނީ

4 weeks ago

އަފްރާހް

މޯލްޑިވިސް ކަސްޓަމްސް ސަރވިސްގެ 16 މުވައްޒަފަކު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދާ "ޕެޓްރޯލިއަމް ސޭފްޓީ އެންޑް ކުއަންޓިޓީ އެސަސްމަންޓް" ކޯހުގައި ބައިވެރިވެއްޖެއެވެ.


އެމްއެންޔޫގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަރޑީޒްގައި ކުރިއަށްދާ މި ކޯގައި، ޕެޓްރޯލް، ގޭސްފަދަ ފަސޭހަކަމާއެކު އަލިފާން ހިފާ ޒާތުގެ މާހަޢުލުގައި މަސައްކަތްކުރާ އިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ކަސްޓަމްސްގެ މުވައްޒަފުންނަށް މުޙިއްމު އެތަށް މަޢުލޫއަކަށް އަލިއަޅުވާލާނެއެވެ.


މި ކޯސްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 21 ހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.


އެމްއެންޔޫ އަކީ އެކި ދާއިރާތަކުން އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް އަމާޒުކޮށް، ތަފާތު އެކި ދާއިރާތަކުގެ ކުރު މުއްދަތުގެ ކޯސްތަކާއި ދިގު މުއްދަތުގެ ކޯސްތަށް ތަޢާރަފްކުރަމުން އަންނަ ޔުނިވަރސިޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު