ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ސީނިއަރ އޮފިޝަލް ޓޯކްސް ބާއްވައިފި

4 weeks ago

އަފްރާހް

ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބާއްވާ ފުރަތަމަ ސީނިއަރ އޮފިޝަލްސް ޓޯކްސް މިއަދު މާލޭގައި ބާއްވައިފިއެވެ.


ދިވެހި ޚާރިޖިއްޔާގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


މި ބައްދަލުކުރެއްވުމުގައި، ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.


އޭގެ ތެރޭގައި، ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ، ސަލާމަތާއި، ތަރައްޤީގެ ދާއިރާ ހިމެނެއެވެ.


ސީނިއަރ އޮފިޝަލް ޓޯކްސްގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، އެމް.އެން.ޑީ.އެފް ކޯސްޓް ގާޑު، ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތް، ކަސްޓަމްސް، އިކޮނޮމިކް މިނިސްޓްރީން ބައިވެރިވަޑައިގަތެވެ. އަދި ފިނޭންސް، ޓޫރިޒަމް، ހަޔަރ އެޑިއުކޭޝަން، އެޓަރނީ ޖެނެރަލްގެ އޮފީހާއި އެންވަޔަރްމެންޓް މިނިސްޓްރީން އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.


މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއެވެ. އަދި އޮސްޓްރޭލިއާ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ މިސް ސާރާ ސްޓޯރީ އެވެ.


ކިޔުންތެރިންގެ ހިޔާލު