ނަޑެއްލާގެ ތަރައްގީއަށް ބޭނުންވާ ކަންކަން ނައިބު ރައީސް އަށް!

4 weeks ago

އަފްރާހް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތި މައްސަލަތައް ނައިބާ ހިއްސާ ކުރައްވާފައެވެ.


ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުށްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ.


މީގެއިތުރުން ވެސް ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް އެކަމަށް ހައްލެއް ހޯދައިދިނުމާއި، ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަ ދަނޑުފަދަ، މަސައްކަތްފަށައި ނުނިމިހުރި ކަންކަން އަވަސްކޮށްދިނުން ހިމެނެއެވެ.


މި ބައްދަލުކުރެއްވުގައި ނައިބު ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.


މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައި ވެސް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ޙުސައިން

ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ތަކުގައި އުޅުނުއިރު މުއްތަލިބު މިނިސްޓަރު އަހަރުމެން ގާތަށް އައިސް މިއަހަރު މިރަށުގައި ކުރުމަަށް ވި ވަޢުދުތަށް ފުއްދަވާ؟ މިތިބީ ބަލަން ހަނދާނުގަ ބަހައްޓައިގެން؟؟؟؟؟؟؟

4 weeks ago