3 months ago
އުފެއްދުންތެރިކަން އިތުރުކުރުމަށް އެންމެ މުހިންމީ ޓެކްނޮލޮޖީ ތަރައްގީކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސް ވަނީ މުސްތަގްބަލް ކުރިއަށް އޮތީ ޓެކްނޮލޮޖީއާ އެކުގައި ކަމަށާއި ޑިޖިޓަލް ދުނިޔެއާ އެއްހަމަ ކުރުމަށް މަސައްކަތް ކުރައްވަނީ އެ ސަބަބާ ހުރެ ކަމަށް ވެސް ވިދާޅުވެފައެވެ.
އެގޮތުން 2030 ވަނަ އަހަރު އަންނަން ވާ ޖީޑީޕީގެ 15 ޕަސެންޓް ހާސިލް ކުރުމަކީ އެއް އަމާޒުކަން ފާހަގަކުރައްވައި، ވިދާޅުވީ މިކަން ހާސިލް ކުރެވޭނީ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްގެން ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޓެކްނޮލޮޖީ މުހިއްމު ދައުިރެއް އަދާ ކުރާ ކަމަށާއި އެގޮތުން ސިއްހީ، ތައުލީމު އަދި ސޯޝަލް ވެލްފެއަރ ދާއިރާގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ޓެކްނޮލޮޖީގެ ދައުރުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މިގައުމު ތަރައްގީ ކުރުމަށް ގައުމުގެ އުފެއްދުންތެރިކަމަށް އިންވެސްޓް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ވެސް ވިދާޅުވެފައެވެ.