ފިތުނަ ފަސާދައަކަށް، ބައިބައިވުމަކަށް ޖާގައެއް ނޯންނާނެ: އަދުރޭ

4 months ago

އަފްރާހް

ހަތްދިހަ އެތައް މެންބަރުންނާ އެކީގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ދަތިކަމެއް ނެތް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އައު މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސް ޑރ. މުއިއްޒުއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އެގޮތުން ކޮންމެ މެންބަރަކަށް ވެސް ރައީސް އާއި ވާހަކަ ދެއްކޭނެކަމަށް ވިދާޅުވިއެވެ.


ފިތުނަ ފަސާދައަކަށް އަދި ބައިބައިވުމަކަށް ޖާގައެއް ނޯންނާނެކަން ހާމަކުރައްވައި ރައީސް ޑރ. މުހައްމަދު މުއއިްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް ވިދާޅުވި މީގެ ކުރީގެ ސަރުކާރުތަކުގައި މަޖިލިސްތަކުގެ މެންބަރުންނާއި ރައީސާއި ބައްދަލުނުކުރެވި ގިނަ ދުވަސްވެފައި އެބަހުރި ކަމަށާއި މެންބަރުންނާއި ސަރުކާރާ ދެމެދު މައްސަލަތައް ދިމާވާން ދިމާވަނީ އެހިސާބުންކަން އަމިއްލަ ތަޖުރިބާ އިން އެނގޭ ކަމަށެވެ. އަދި އެންމެބޮޑު މައްސަލައަކަށް ދިމާވަނީ މެންބަރާއި ވަޒީރުން އަދި ރައީސާ ބައްދަލު ނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިކަން ބަދަލުވާނެ ކަމަށާއި އަދުގެ ރައީސްގެ ޒައާމަތުގައި އެކަން އެ ހިސާބަށް ނުދާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. 


ކިޔުންތެރިންގެ ހިޔާލު