ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަޝްވަރާކޮށްފި

4 weeks ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތަށް ފަހިކޮށްދިނުމަށް މަޝްވަރާކޮށްފިއެވެ.


މިއީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްއާއި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ގުޅިގެން ކުރިއަށް ގެންދިޔަ މަޝްވަރާއެކެވެ.


މި މަޝްވަަރާގައި ތަމްރީނު ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާއި އަންހެނުން ބާރުވެރިކުރުވުމަށް، "ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް"އަށް ގެނައުން މުހިންމު ބަދަލުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.


ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް" އަކީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުންގެ ކިބާގައި، އެ ދަރިވަރަކު ތަމްރީނުވި ދާއިރާގައި މަސައްކަތްކުރުމަށް އެކަށީގެންވާ ހުނަރާއި ޤާބިލްކަންހުރިކަން ކަށަވަރުކޮށް، ފެންވަރު ބަލައި ވަޒަންކުރުމުގައި އިސްކަންދޭންޖެހޭ ކަންތައްތަކެކެވެ.


24 ސެޕްޓެމްބަރ ވީ އަންގާރާ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ނެޝެނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން މެދުވެރިކޮށް ދިވެހިރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމާއި، "ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް"އަށް ގެނައުން މުޙިއްމު ބަދަލުތަށް ގެނައުމާއި، އަންހެންނުންގެ ތަރައްޤީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.


މި ބައްދަލުވުމުގައި، މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދުގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްގެ ފަރާތުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި "އެންމެނަށް ވަޒީފާ" ސިޔާސަތެއް ކަނޑައަޅުއްވާ ޢަމަލުކުރުމަކީ ރައީސްގެ ވައުދުފުޅުތެރޭގައި ހިމެނިފައިވާކަމެކެވެ. މިކަންކަން ތަންފީޒު ކުރުމަށްޓަކައި މި ވުޒާރާއިން އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި ވުޒާރާގެ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މިހާރުވަނީ ނޭޝަނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމް ވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު