އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް

4 weeks ago

އަފްރާހް

އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ނިންމައި، އެކަން އިއުލާންކޮށްފިއެވެ.


ޚަބަރުތައް ބުނާގޮތުން މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވަނީ މި އަންނަ ފިނިމޫސުމުގައެވެ.


ފްރާންސްގެ ގައުމީ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނީ މި އަހަރުގެ ޑިސެމްބަރު 20 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 5 އާ ހަމައަށެވެ. މި މުއްދަތުގައި އެއަރލައިނުން 342 ފަސިންޖަރުންގެ ޖާގަ ހުންނަ ބޯއިންގ އީއާރު300-700 މަތިންދާބޯޓަކުން 4 ދަތުރު ކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.


ފްރާންސަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމަކަށްވާއިރު، މި ލިސްޓުގައި އެ ގައުމު މިހާރުއިތީ 8 ވަނައިގައެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރު މިހާތަނަށް 40،644 ފަތުރުވެރިން އެގައުމުންރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. 


ކިޔުންތެރިންގެ ހިޔާލު