އާރްއެސްވީ ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

4 weeks ago

އަފްރާހް

ރެސްޕިރޯޓަރީ ސިންޝަލް ވައިރަސް (އާރްއެސްވީ) ޖެހޭ ކުޑަކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުން އަންނާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔާއި ގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ އެބަލީގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާ އިން ވަނީ އެދިލައްވާފައެވެ. އެގޮތުން އަތް ދޮވުމާއި އާންމު ތަންތަނަށް ދިއުން މަދުކުރުމަށް އެދިލައްވައެވެ.

ހަމަމިއާއެކު ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މެއަށް ތަދުވުންފަދަ އަލާމާތެއް ފެނިއްޖެނަމަ، ވީއެންމެއަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކުރައްވައެވެ.

ފުއްޕާ މޭގައި ހުންނަ ނޭވާލުމަށް ބޭނުންކުރާ ކުދި ހޮޅިތަކަށް ޖެހޭ މި ބަލި އާންމުގޮތެއްގައި ޖެހެނީ ތުއްތު ކުދިންނާއި އުމުރުން ހަގު ކުޑަކުދިންނަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު