އެމްއެންޔޫގައި ރިހެބިލިޓޭޝަންއާއި ގުޅޭ ސެމިނަރއެއް

4 weeks ago

އަފްރާހް

"ރިހެބިލިޓޭޝަން 2030 އިނީޝިއޭޓިވް: ދިވެހިރާއްޖޭގެ ހާލަތު"ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ރިހެބިލިޓޭޝަންއާއި ގުޅޭ ސެމިނަރއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.


އެމްއެންޔޫގެ ބީ ބްލޮކް އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނާގައި، ވޯލްޑް ހެލްތް އޯގަންއިޒޭޝަން (ޑަބްލިއުއެޗްއޯ) އިން "ރިހެބިލިޓޭޝަން 2030 އިނީޝިއޭޓިވް"ގެ ނަމުގައި ފަށާފައިވާ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުވާލާނެއެވެ.


މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ދިމާވާ ބައްޔެއްގެ ސަބަބުން ނުވަތަ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ނުވަތަ އެނޫން އެހެން ހާލަތެއް މެދުވެރިވެގެން ނަމަވެސް އާންމު މުޖުތަމަޢުގައި ދިރިއުޅުމަށް ނުކުޅޭދިފައިވާ ފަރާތްތަކަށް ބޭނުންވާ ސިއްޙީ އެހީތެރިކަން ފޯރުކޮއްދިނުމެވެ.


މީގެއިތުރުން، މިފަދަ ހާލަތްތަކުގައި ދިރިއުޅޭމުންދާ ދިވެހިންނާއި، ދިވެހިރާއްޖޭގައި ރިހެބިލިޓޭޓްކުރުމުގެ ސިއްޙީ އެހީތެރިކަން ލިބުގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ސެމިނާގައި މަޢުލުމާތު ހިއްސާކުރައްވާނެއެވެ.


މި ސެމިނާގައި ޕެނަލިސްޓުންގެ ގޮތުގައި ވާހަކަ ދައްކަވާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހެޑް އޮފް ޑިޕާޓްމަންޓް އޮފް ރިހެބިލިޓޭޝަން ސައިންސަސް، މުޙައްމަދު ނިމާލް، މިނިސްޓްރީ އޮފް ހެލްތްގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސެސް، ޑރ. އަޙްމަދު އަޝަރަފްގެ އިތުރުން މޯލްޑިވިސް އެލައިޑް ހެލްތްގެ ނައިބު ރައީސް އަދި އައިޖީއެމްއެޗްގެ ޕްރިންސިޕަލް ފިޒިޔޯތެރަޕިސްޓް، ޑރ. ޢާއިޝަތު މަޙްފޫޡާއެވެ.


މި ސެމިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1 ޖަހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު