ގެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ

4 weeks ago

އަފްރާހް

ގެއްލިގެން ހޯދަމުން ދިޔަ މުޙައްމަދު ސާއިފް ފެނިއްޖެއެވެ.


ހއ. ހޯރަފުށި، ހީރާ، މުހައްމަދު ސާއިފް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން އޭނާ ހޯދުމަށް މަސައްކަތް ކުރާކަން ފުލުހުން ހާމަކުރައްވާފައިވަނީ ސެޕްޓެމްބަރ 25 ވީ ބުދަ ދުވަހުއެވެ. އަދި އޭނާ ފެނިފައިވަނީ ވެސް ހަމައެދުވަހުއެވެ.


އޭނާ ގެއްލިގެން އުޅޭ މީހަކަށް ރިޕޯޓް ކުރި އިރު، ސާއިފު އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ރޭ 9 ޖަހާކަންހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. އަދި އޭރު އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވެފައިވަނީ އޭނާ ފެނިފައިވަނީ މާލެއިން ކަމަށެވެ. އަދި ހާލު ވެސް ރަނގަޅު ކަމަށެވެ.


ސާއިފް އަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ޑިފެންޑަރެކެވެ. އަދި ބޮޑެތި ކުލަބުތަކަށް ވެސް އޭނާ ވަނީ ކުޅެފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ގެއްލިގެންހޯދާމީހުން ފެނުމުން ގެއްލުނުގޮތް ކިޔުންތެރިންނަށް ލިޔުންތެރިން ހާމަނުކޮށްދެއްވަނީ ކީވެތޯއެވެ

4 weeks ago