ކުށުގެ ވެށިން ރައްކާތެރިކުރުމަށް ހުޅުދުއްފާރު ސްކޫލުގެ ދަރިވަރުންނަށް ސެޝަންތަކެއް

4 weeks ago

އަފްރާހް

ރ. ހުޅުދުއްފާރު ސްކޫލަށް އަލަށް ގުޅުނު ގްރޭޑް 11 ގެ ދަރިވަރުނަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.


ހުޅުދުއްފާރު ޕޮލިސް ޕޯސްޓުން ސެޕްޓެންބަރު 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމާއެކު ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޓީމް ބިލްޑިންގ އެކްސަސައިޒް ތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.


މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.


މި ސެޝަންތަކަކީ ކުށުގެ ވެށިން ދަރިވަރުން ރައްކާތެރިކުރުމާއި ކޮންމެ ކުއްޖަކު ވެސް ފަރުދީ ޒިންމާ ނަގައި، އެކުދިން އުޅެމުންދާ ވެއްޓަކީ ކުށްމަދު އަމާން ވެއްޓަކަށް ހެދުމަށް މަސައްކަތްކުރުމަށް ބާރުއެޅުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު