ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ގްރީސް އަށް

4 weeks ago

އަފްރާހް

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ގްރީސް އަށް ފުރައިފިއެވެ.


ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް އެ ސުކޫލުގެ ދަރިވަރުން ފުރާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.


ގްރީސްގެ އެތެންސްގައި ކުރިއަށްދާ މި މުބާރާތަކީ އެތެންސްގައި ބާއްވާ ފުރަތަމަ ގްލޯބަލް ޗެލެންޖެވެ. މި ޗެލެންޖަކީ އޮލިމްޕިކްސް ސްޓައިލަށް ބާއްވާ ބައިނަލްއަގްވާމީ ރޮބޮޓިކްސް މުބާރާތެކެވެ.


މި މުބާރާތުގައި ކޮންމެ ގައުމަކަށް ވެސް ވާދަކުރުމަށް ރޮބޮޓެއް އުފައްދައި ޕްރޮގްރާމް ކުރުމުގެ ފުރުސަތުދީ، އެ އުފެއްދުން ބައިލްއަގުވާމީ މައިދާނެއްގައި ދައްކާލުމުގެ ފުރުސަތު ވެސް ދެއެވެ.


މި ސެޕްޓެމްބަރ މަހުގެ 26 އިން 29 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ޣިޔާސުއްދީން ސްކޫލްގެ ގްރޭޑު 9 ގެ 5 ދަރިވަރުންނެވެ. އަދި މި ދަތުރުގައި އެ ސުކޫލުގެ 3 އޮފިޝަލުން ވެސް ވަނީ ބައިވެރިވެފައެވެ.


މި މުބާރާތުގެ އިތުރުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމަށް އިޖާދީ ވިސްނުންތަކެއް ވެސް މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ހުށަހަޅަންޖެހެއެވެ. މި މުބާރާތުގައި 190 އަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވެއެވެ.


މިއީ އެމެރިކާގައި ހިންގާ ނޮން-ޕްރޮފިޓް ޕަބްލިކް ޗެރިޓީއެއް ކަމަށްވާ ފަސްޓް ގްލޯބަލްއިން ކުރިއަށް ގެންދާ މުބާރާތެކެވެ.


މި މުބާރާތުގައި މި އަހަރު ރާއްޖެއިން ބައިވެރިވެފައިވަނީ ޣިޔާސުއްދީން ސުކޫލުން އެކަންޏެވެ. ފައިބެއަހަރު މި މުބާރާތުގައި ހިރާ ސުކޫލުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު