އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލުގެ ބައްދަލުވުން ބާއްވައިފި

4 weeks ago

އަފްރާހް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގައުމީ ހިންގާ ކައުންސިލުގެ ބައްދަލުވުން ބާއްވައިފިއެވެ.


އެ ޕާޓީން ބުނީ މި ބައްދަލުވުން ބާއްވާފައިވަނީ ސެޕްޓެމްބަރ 25 ވީ ބުދަ ދުވަހު ކަމަށެވެ. އަދި މިއީ އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ 9 ވަނަ ބައްދަލުވުން ކަމަށެވެ.


މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ޕާޓީގެ މިސްރާބު ބައްޓަންކުރާނެ ގޮތާއި މެދުގައި ކަމަށް އެ ޕާޓީން ހާމަކުރެއެވެ.


އެމްއެންޕީ އަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދެވި ޕާޓީއެކެވެ. އަދި އެއީ 3000 މެމްބަރުން އެންމެއަވަހަށް ހަމަކުރި ޕާޓީ ވެސް މެއެވެ.


އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށް، ނާކާމިޔާބުވިނަމަވެސް އެމްއެންޕީން އަންނަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު