ރައީސް ޑރ. މުއިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރުދިން މައްސަލަ ބަލަނީ

3 weeks ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.


މި އިންޒާރު ދީފައިވަނީ "އަބްލޯ މްޔަދު ޔޮސެފް" ނަމުގައިވާ ފޭސްބުކް އެކައުންޓަކުންނެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ.


ރާއްޖޭގައި ވެސް ރައީސުންނަށް ހަމަލާ ދިނުމުގެ މާޒީއެއް އޮތްއިރު، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމަށް 2002 ވަނަ އަހަރު ހއ. ހޯރަފުއްޓަށް ވަޑައިގެން ބަނދަރުގައި ހުންނަވަނިކޮށް ވަނީ ވަޅިން ހަމަލާއެއް ދީފައެވެ. އެ ފަހަރު އެމަނިކުފާނު ސަލާމަތްވީ، އެމަނިކުފާނު އަރިހުގައި ތިބި ސްކައުޓް ދަރިވަރުން ވެސް އެމަނިކުފާނު ދިފާއުކޮށް ދިނިތީއެވެ.


މީގެއިތުރުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ ދަތުރުފުޅަކަށް ފަހު، އަނބިކަނބަލުންނާ އެކު މާލެ ވަޑައިގެންނެވި ދުވަހު ފިނިފެންމާ ލޯންޗުކޮޅުގައި ވަނީ އެއްޗެއް ގޮއްވާލާފައެވެ. އެކަމަކު އެމަނިކުފާނު ވަނީ ސަލާމަތްވެވަދައިގެންފައެވެ.


ހަމަމިއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް 2021 ވަނަ އަހަރު މެއި މަހު 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެއް ވަނީ ދީފައެވެ. މި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވިނަމަވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވައި، މިހާރު ހުންނެވީ ހެޔޮހާޅުކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު