ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

3 weeks ago

އަފްރާހް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މި ސެޕްޓެމްބަރ މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސް އިން ހުޅުމާލޭގެ ފޭސް 01ގައި ހިންގަމުންދާ 06 ކެފޭ/ހޮޓާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.


މިތަންތަނުގައި ގަވާއިދާ ހިލާފަށް ތިބި 16 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ މީގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިޔަ ތިން ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވާ ކަމަށެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިމިގްރޭޝަނުން ގެންދަނީި އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ވިޔަފާރިކުރަމުން އަންނަ ފަރާތްތައް ޑީޕޯޓު ވެސް ކުރެއެވެ.


މި ރެއިޑުތަކުގައި އާންމުންގެ ފަރާތުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް އިމިގްރޭޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު