ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

4 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާކުރައްވައި، މުސުމާއިބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.


އެ އިދާރާ އިން ވަނީ ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކުރައްވާފައިވާއިރު، ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުތަކަކީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ދަތުރުތަަކަށް ހެދުމަށް ވަނީ އެދިލައްވާފައެވެ.


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާތީ، މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއިއެކު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާއިބެހޭ އުދާރާތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.


ހާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ސަލާމަތީ ވަސީލަތްތައް ހަމަކޮށް، މާބޮޑަށް މޫސުން ގޯސްނަމަ ކަނޑު ދަތުރަށް ނުނިކުތުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ވިލާގަނޑުގައި އާދަޔާ ހިލާފަށް ވައިގަދަވާތީ، އޭގެ ސަބަބުން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ތަފާތު އެކި އިރުޝާދުތައް ވެސް ދަނީ ދެއްވަމުންނެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވާފައިގޮތުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ވައި މަޑުވާނީ އަންނަ އާދިއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު