ސްޓެލްކޯ ފޮޅާ ސާފުކުރުމުގެ ހިދުމަތް ވެމްކޯ އަށް

3 weeks ago

އަފްރާހް

ސްޓެލްކޯ ފޮޅާ ސާފުކުރުމުގެ ހިދުމަތް ވެމްކޯ އާ ހަވާލުކޮށްފިއެވެ.


ވެމްކޯގެ "ހޮބާ" ހިދުމަތް ލިބިގަތުމަށް ސްޓެލްކޯ އިން މިއަދު ވަނީ ވެމްކޯއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.


މިކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަހީދު އިބްރާހީމްއެވެ.


މި އެއްބަސްވުމުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސްޓެލްކޯގެ އިމާރާތްތައް ވެމްކޯ އިން ފޮޅާ، ސާފުކުރާނެއެވެ. އަދި ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅައި ސާފުކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ.


ވެމްކޯގެ ހޮބާ ހިދުމަތަކީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކާއި އިދާރާތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ތަންތަނަށް އަމާޒުކޮށްގެން ދޭން ފެށި ހިދުމަތެކެވެ. މީގެ ބޭނުމަކީ ހިދުމަތްތައް ފުޅާކޮށް ވެމްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމެވެ.


މި ހިދުމަތް ވެމްކޯ އިން ފަށާފައިވަނީ ފައިބެއަހަރުގެ ޖުލައި މަހު 27 ވަނަ ދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު