މަސްވެރިންނަށް އިހާނެތިކޮށް ހިތާތީ ރައީސް ޔާމީން ކޯފާވެއްޖެ

3 weeks ago

އަފްރާހް

މި ސަރުކާރުން ރާއްޖޭގެ މަސްވެރިންނަށް އިހާނެތިކޮށް ހިތާކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ސެޕްޓެމްބަރ 26 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އދ ގެ 79 ވަނަ އާންމު ޖަލްސާގައި އަދި ސަލާމަތީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ބޮޑު ޚަރަދެއް ކުރެވުނު އިރު، މަސްވެރިންނަށް ފައިސާ ނުދެވިގެން މިއުޅެނީ ކީއްވެގެންތޯ ސުވާލު ކުަރއްވާފައެވެ.


ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރުގެ އިސްފަޑީގައި ތިބީ މަސްވެރިކަމުގެ ސިނާއަތާ ގުޅިފައިވާ ފަރާތްތައްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެމީހުންނަށް މަސްވެރިންގެ ހާލު ދެނެނުގަނެވުމަކީ ވަރަށް ދެރަކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އެ ސިނާއަތަކީ މުހިންމު ސިނާއަތަކަށްވާއިރު، ސަރުކާރުގެ ނަމްބަރު 1،2 އަދި 3 ވަނަ އެޖެންޑާގައި ލައްްވާނުލީ ކީއްވެތޯ ވެސް ރައީސް ޔާމީން ސުވާލުކުރައްވާފައި ވެއެވެ.


ރައީސް ޔާމީން ވިދާޅުވީ އދ އަށް ރައީސަކު ކުރައްވާ ދަތުރުފުޅަކީ ވަރަށް އަގުބޮޑު ދަތުރުފުޅެއް ކަމަށެވެ. އަދި ރައީސް ޑރ މުއިއްޒު އދ އަށް ކުރެއްވި ދަތުރުފުޅަށް 10 ވަރަކަށް މިލިއަން މިހާރު ވެސް ޚަރަދުވެފައިވާ ކަމަށް ވަނީ ލަފާކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު

އަލިފު ޙާ!

ބެއަސް ނުބެއަސް ދިހަހާސްރުފިޔާ ކީކޭތަ މިކިޔަނީ! ކުރީގެ ރައީސް ބެއަސް ނުބެއަސް!

3 weeks ago