3 months ago
ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުން ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.
މިއީ "ވޯލްޑް މެރިޓައިމް ޑޭ" ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުރި ޒިޔާރަތެކެވެ.
އެގޮތުން އެ ވުޒާރާގެ 40 މުވައްޒަފުން ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުން ރާއްޖޭގެ ކަނޑުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކޯސްޓްގާޑުން އަދާކުރަމުންދާ ދައުރާ ބެހޭގޮތުންނާއި ކޯސްޓްގާޑް ޝިޕް ހުރަވީއާ ބެހޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް މައުލޫމާތު ދެއްވީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިންނެވެ.