ހަމަދު ބިން ޚަލީފާ އާލް ޡާނީ ސްކޫލުގެ ކެޑޭޓް ކޭމްޕު ނިމިއްޖެ

3 weeks ago

އަފްރާހް

ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ އެނުއަލް ކެޑޭޓް ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާތިޙު ޝަރަފުވެރިކޮށްދެއްވައިފިއެވެ.


ކެޑޭޓް ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ސެޕްޓެންބަރު 25 ވަަނަ ދުވަހު ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ބޭއްވިއިރު، ކޭމްޕު ކުރިއަށް ގޮސްފައިވަނީ ސެޕްޓެންބަރު 23 އިން ސެޕްޓެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށެވެ. 


މި ކޭމްޕްގައި އެ ސްކޫލުގެ 49 ކެޑޭޓުން ބައިވެރިވެފައިވާއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ ބައެއް ކުލާސްތައް ނަގައިދީފައެވެ. 


މިކަމުގެ އަގުވަޒަންކޮށް، ކޭމްޕު ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ފަރާތުން ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު