ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

6 months ago

އަފްރާހް

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިިވަނީ މާލެ އަތޮޅު ރިޒޯޓެއްގައި ކަމަށެވެ. އަދި މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.


މި ހާދިސާ އާއި ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވީ އެމީހާ މިއަދު 11:30 އެހާކަށްހާއިރު، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެފަތުރުވެރިޔާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފަިއވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށެވެ.


މިހާދިސާ މިއަދު ހިނގާފައިވާއިރު، މޭ 23 ވަނަ ދުވަހު ވަނީ އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތް ކުރަން މޫދަށް ފޭބި ދިވެއްސަކު ގެނބިގެން ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު