އަންނަ ހަފުތާގައި މަސްވެރިންނަށް ފައިސާ ދޫކޮށް ނިންމަނީ

3 weeks ago

އަފްރާހް

މަސްވެރިންނަށް ދޫނުރެވި ހުރި ފައިސާ އަންނަ ހަފުތާގައި ދޫކޮށް ނިންމާނެ ކަމަށް މިފްކޯ އިން ހާމަކުރައްވައިފިއެވެ.


އެ ކުންފުނިން ވިދާޅުވީ މިހައިތަނަށް ދޫނުކުރެވި އޮތް 17 މިލިއަން ރުފިޔާ އަންނަ ހަފުތާގައި ދޫކޮށް ނިންމާނެ ކަަމަށެވެ.


މީގެއިތުރުން މިމަހުގެ ކުރީކޮޅުން ފެށިގެން މަސްދޯނިތަކަށް ދައްކަން އޮތް ބިލްތަކާ ގުޅޭގޮތުން އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.


އެގޮތުން މަސްވެރިންނަށް ދޫކުރަން އޮތް ފައިސާގެ މައްސަލައަށް މި ވަގުތަށް ހައްލު ހޯދިފައިވާ ކަމަށާއި މިފްކޯ އަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށް ދިނުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މި ސަރުކާރު އައި ފަހުން ކިރުވި މަހަށް މަސްވެރިންނަށް އެކި ފަހަރު މަތިން ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވެއެވެ.


އެހެންނަމަވެސް މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެގެން މި ދޭތެރެ އިން މަސްވެރިންތަކެއް ރާއްޖޭގެ ބައެއް ހިސާބުތަކުގައި މުޒާހަރާތަކެއް ވެސް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު