އެމްޑީޕީގެ ބައެއް މަގާމުތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް

3 weeks ago

އަފްރާހް

އެމްޑީޕީގެ ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް އެ ޕާޓީން ދީފިއެވެ.


އެގޮތުން އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީ އާއި ޒުވާނުންގެ ހިތްވަރުގެ ހިންގާ ކޮމިޓީގެ އަދި ދެ ދާއިރާއެއްގެ ނައިބު ރައީސްގެ މަގާމަށް އަލުން ކުރިމަތިލުމަށް ވަނީ ފުރުސަތު ދީފައެވެ.


އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރ މަހުގެ 3 ގެ މެންދުރުފަހު 2 ޖަހާއިރު ކަމަށެވެ.


އެޕާޓީން ބުނީ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކޮންމެ ސިޓީއަކުންނާއި އަތޮޅަކުން މެންބަރެއް ހޮވުމަށް ކުރިން އިއުލާން ކުރިނަމަވެސް، ބައެއް ސިޓީތަކާއި އަތޮޅުތަކުން އަދިވެސް ކުރިމަތިލާފައި ނުވާ ކަމަށެވެ.


މީގެއިތުރުން ޒުވާނުންގެ ހިތްވަރުގެ ހިންގާ ކޮމިޓީއަށް ވެސް ކޮންމެ ސިޓީއަކުންނާއި އަތޮޅަކުން މެންބަރެއް ހޮވުމަށް ހަމަޖެމަޖެހިފައިވެއެވެ.


ނައިބު ރައީސް ކަމަށް ހުޅުވާލި ދެ ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާއެވެ. 


ކިޔުންތެރިންގެ ހިޔާލު