ލީޑަރޝިޕް އެންހޭސްމެންޓް ޓްރެއިނިންގ ގެ ސަބަބުން މުޅި ގައުމަށް ފައިދާ ކުރާނެ: ފަހުމީ

3 weeks ago

އަފްރާހް

ސްޓެލްކޯގެ ލީޑަރޝިޕް އެންހޭސްމެންޓް ޓްރެއިނިންގ 7 ވަނަ ޕްރޮގްރާމް ފަށައިފިއެވެ.


އެ ކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމުގައި 51 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.


ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ 'އެކްސް' ގައި ވިދާޅުވީ މިއީ އެ ކުންފުނީގެ ޓީމު ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަަމަށެވެ. އަދި އަދި 51 މުވައްޒަފުންގެ ބައިވެރިވުމަކީ ވަރަށްބޮޑު ހިތްވަރަކާއި ފުރިހަމަކަމެއް ކަމަށެވެ.


މީގެއިތުރުން މިއީ މުވައްޒަފުންނާއި ކުންފުނީގެ މުސްތަގްބަލަށް ވެސް އެޅުނު ވަރުގަދަ ބިންގަލެއް ކަަމަށް ވިދާޅުވިއެވެ.


އެމްޑީ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގައި މިހައިތަނަށް 368 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރެވިފައިވާ ކަމަށާއި އަދި އަމާޒަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހުރިހައި މުވައްޒަފުން މި ތަމްރީނު ފުރިހަމަކުރުން ކަމަށެވެ.


މިފަދަ ޕްރޮގްރާމެއް ހިންގުމުގައި އެމްއެންޑީއެފް އިން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާ ކުރައްވައި، އެމްޑީ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އާއި ޗީފް އޮފް ޑިފެންސް ފޯސް އަދި އެމްއެންޑީއެފް އިން ވެދެއްވާ އެއްބާރުލުން ވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު