ބަންގްލަދޭޝް އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

3 weeks ago

އަފްރާހް

ރާއްޖެއާއި ބަންގްލަދޭޝްގެ ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.


އެމަނިކުފާނު މި ޔަގީންކަން ދެއްވީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑޮކްޓަރ މުޙައްމަދު ޔޫނުސް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.


މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކަނޑުތަކާއި ގުޅިފައިވާ އިގްތިސާދީ ފުރުސަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.


މީގެއިތުރުން މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް މަޝްވަރާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު