މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

3 weeks ago

އަފްރާހް

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ ކުރާނެ ކަމަށެވެ.


އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހަނދުވަރީ ހިނގުން، އަމީނީ މަގު، ބުރުޒު މަގު، ޢިއްޒުއްދީން މަގު އަދި ދިލްބަހާރު ހިނގުން ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު ކުރުމަށް ނިންމާފައިވަނީ ހެނދުނު 9:30 ން 10:15 އަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ.


މީގެއިތުރުން މާލެ ސިޓީ، ކަނބާއައިސާރަނި ހިނގުން، ބްލޫކިޔާ މަގު، ޝަހީދު ޢަލީ ހިނގުން، މުރަނގަ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަހައްދުގައި ވެސް އަޕްގްރޭޑް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ މެންދުރުފަހު 2 ން 3 ޖަހަންދެން ކަމަށް ވެސް ވިދާޅުވިއެވެ.


މި ވަގުތުތަކުގައި އެ ސަރަަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު