ޕްރީއޯޑަރ ކުރި ފަރާތްތަކަށް އުރީރޫ އިން އައިފޯން ހަވާލުކޮށްފި

3 weeks ago

އަފްރާހް

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް އައިފޯނަށް ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ފޯނު ހަވާލުކޮށްފިއެވެ.


މި ފޯނު ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ އުރީދޫ މައި އޮފީހުގައެވެ.


އުރީދޫ އިން އައިފޯން 16 އަށް ޕްރީ އޯޑަރަށް ހުޅުވާލީ މި މަހުގެ 20 ވަނަ ދުވަހުއެވެ.


އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ. މިފަހަރުގެ ފޯނުގައި ކަސްޓަމައިޒްކުރެވޭ އެކްޝަން ބަޓަންތަކާއި ކެމެރާ ކޮންޓްރޯލް ފީޗަރ ވަނީ ހިމަނާފައެވެ.


ދުނިޔޭގެ މާކެޓަށް ނެރުނު އެންމެފަހުގެ އައިފޯނަށް އުރީދޫ މޯލްޑިވްސް މެދުވެރިކޮށް މިހާރުވެސް ޕްރީއޯޑަރ ކުރެވޭނެއެވެ.


އުރީދޫ އިން ވިދާޅުވީ އައިފޯން 16 ޕްރޯ އެއް ވިއްކަނީ 24،899 ރުފިޔާ އަށް ކަމަށެވެ. އަދި އައިފޯން 16 ޕްރޯ މެކްސް އެއް ވިއްކަނީ 27،199 ރުފިޔާ އަށް ކަމަށެވެ.


އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އައު އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗަރތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކުރެވިފައިވާ މޮޑެލް ތަކެކެވެ.


މިދެ ފޯނަކީ އޭ18 ޕްރޯ ޗިޕް ގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗަރސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެކެވެ. 


ކިޔުންތެރިންގެ ހިޔާލު