މިނިސްޓަރ ތާރިގް، ޔޫއޭއީގެ މިނިސްޓަރާ ބައްދަލުކުރައްވައިފި

3 weeks ago

އަފްރާހް

އެންވަޔަރްމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް، އެކްސަލަންސީ ޑރ. އާމިނާ ބިންތު އަބްދުﷲ އަލް ދަހާކް އަލީ ޝަމްސީއާ ބައްދަލުކުރައްވައިފިއެވެ. 


މި ބައްދަލުކުރެއްވުން ބޭއްވުނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގެ ތެރޭގައެވެ.


މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޠާރިޤު، ޔޫއޭއީގައި ފާއިތުވި އަހަރު ބޭއްވުނު ސީއޯޕީ 28 ގެ ކާމިޔާބީއަށް ޑރ. އާމިނާއަށް މަރުޙަބާ ދެންނެވިއެވެ. އަދި ކުރިއަށް އޮތް ސީއޯޕީ 29 އަދި ސީބީޑީ ސީއޯޕީ 16 އަށް ތައްޔާރުވުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.


މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. 


މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުކުރެއްވުމެއް ކަމުގައި ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު