ދިރާގުން ޕްރީއޯޑަރ ކުރި ފަރާތްތަކަށް އައިފޯން ދޫކުރަން ފަށައިފި

3 weeks ago

އަފްރާހް

ދުނިޔޭގެ ބާޒާރަށް އެންމެފަހުން ނެރުނު އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަށް ދިރާގު މެދުވެރިކޮށް ޕްރީއޯޑަރ ކުރި ފަރާތްތަކަށް ފޯނު ދޫކުރަން ފަށައިފިއެވެ.


މި ހަރަކާތް ކުރިއަށް ގެންދަނީ ދިރާގު ހެޑް އޮފީހުގައެވެ.


މި ފޯނަކީ މުޅިން އައު އޭ18 ޗިޕް ހިމަނާފައިވާ ފޯނެެކެވެ. އަދި ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑެއް ވެސް ގެނެސްފައި ވެއެވެ. އަދި މިއީ އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗަރތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަނގަޅުކުރެވިފައިވާ މޮޑެލްތަކެއް ވެސް މެއެވެ.


މީގެއިތުރުން މިއީ އޭ18 ޕްރޯ ޗިޕް ގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާރފޯމަންސްއާއި ބޮޑު ޑިސްޕްލޭ ސައިޒްއާއި އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗަރސް ވެސް ހިމެނޭ ފޯނެކެވެ. 


ކިޔުންތެރިންގެ ހިޔާލު