ގައުމެއްގެ އިގުތިސާދު ލޮޅުންއަރާ ސަބަބުތައް ގިނަ: ގާސިމް އިބްރާހިމް

3 weeks ago

އަފްރާހް

ގައުމެއްގެ އިގުތިސާދު ލޮޅުންއަރާ ސަބަބުތައް ގިނަކަމުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަދި ވިލާ ކޮލެޖުގެ ފައުންޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ވިލާ ކޮލެޖުގެ މާސްޓާސް، ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާސް، ޕޯސްޓް-ގްރެޖުއޭޓް ސެޓިފިކެޓްސް އަދި ބެޗަލާސް ޑިގްރީ ކޯސްތަކުން މި އަހަރު ދަސްވެނިވުނު ދަރިވަރުންނަށް ދަސްވެނިވުމުގެ ލިޔެކިޔުން ހަވާލުކުރި ހަފުލާގައެވެ.


އެ ހަފުލާގައި އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން މައިގަނޑު އެއް ސަބަބަކީ އިލްމީ، ފަންނީ މީހުން އިގުތިސާދުގެ އިސްސަފުގައި ހަރަކާތެރިވާ މިންވަރު ކުޑަވުމުން ކަމަށެވެ.


ގާސިމް ވަނީ އެ ހަފުލާގައި ދަސްވެނިވުނު ދަރިވަރުންނަކީ އެ ފަދަ ހީވާގި އަތްތަކަކަށް ވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި އެ ދަރިވަރުންނަކީ ގައުމީ ޒިންމާތައް އުފުލާ، އިހުލާސްތެރި ކަމާއެކު ގައުމުގެ ކަންކަމުގައި ބައިވެރިވާ ދަރިވަރުންތަކަކަށް ވުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.


އެމަނިކުފާނު އިތުރަށް ވަނީ ވިލާ ކޮލެޖުގެ ލެކްޗަރަރއިންނާއި ކިޔަވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ކުރައްވާ މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު