ދިރާގުން ހުސްނުވާ މުވާސަލާތުގެ ހިދުމަތް

3 weeks ago

އަފްރާހް

ރާއްޖޭގައި އެންމެގިނަދުވަސްވީ މުވާސަލާތީ ކުންފުނި ދިރާގުން ހުސްނުވާ މުވާސަލާތުގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.


ދިރާގުން ވިދާޅުވެފައިވަނީ މިއީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ތައާރަފްކުރި ޕްލޭންތަކެއް ކަމަށެވެ. އަދި މި ޕްލޭންތަކުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިއަށްވުރެ ގިނަ ޑޭޓާ ލިބޭނެ ކަމަށެވެ.


ޕޯސްޓްޕެއިޑު ކަސްޓަމަރުންނަށް 1000 ރުފިޔާ އަދި އެއަށްވުރެ މަތީ ޕްލޭންތަކުން ހުސްނުވާ މުވާސަލާތުގެ ހިދުމަތް ތައާރަފްކޮށްފައިވާއިރު، ހުސްނުވާ ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް އަދި އެސްއެމްއެސްގެ ހިދުމަތް ލިބޭނެ ކަމަށް ދިރާގުން ވިދާޅުވެއެވެ.


ދިރާގުން މި ޕްލޭންތަކުގައި ހިމަނާފައިވާ ޚިދުމަތްތަކުގެ ތެރޭގައި:


• ޕޯސްޓްޕެއިޑް 1000: 60ޖީބީ ކޯ ޑޭޓާ އާއި ހުސްނުވާ ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް، އަދި ދިރާގު ނަންބަރުތަކަށާއި އެހެން ލޯކަލް ނެޓްވޯކްތަކަށް ހިލޭ ކޯލް.


• ޕޯސްޓްޕެއިޑް 1700: 200ޖީބީ ކޯ ޑޭޓާ އާއި ހުސްނުވާ ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް، އަދި ދިރާގު ނަންބަރުތަކަށާއި އެހެން ލޯކަލް ނެޓްވޯކްތަކަށް ހިލޭ ކޯލް.


އެ ކުންފުނިން އިތުރަށް ވިދާޅުވީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޕްލޭން އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ. އަދި މި ޕްލޭންތަކާ ބެހޭ އިތުރު މަޢުލޫމާތު ދިރާގު ވެބްސައިޓުން ލިބެންހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު