ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަ ގައުމުތަކަށް ރާއްޖެއިން މަރުހަބާ

4 months ago

އަފްރާހް

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ގައުމުތަކުން ބަލައިގަންނާތީ ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.


ރާއްޖެއިން މިފަދައިން މަރުހަބާ ކިޔާފައި މިވަނީ ފަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމައި، ނޯވޭ, އަޔަލެންޑު، ސްޕެއިން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމައިކާ އަދި ބާބޭޑޯސް އިން އެކަން އިއުލާންކުރުމާއި ގުޅިގެންނެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަލަސްތީނަށް ލިބިގެންވާ ހައްގުތަކާއި އެއްގޮތަށް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތަށް ތާއީދުކޮށް، ބާކީ ތިބި ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެހެން ގައުމުތަކަށް ވަނީ ގޮވާލައްވާފައެވެ.


އދ. ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 143 ގައުމަކުން މިހައިތަނަށް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. އެހެން ނަމަވެސް ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ.


އެ ދެ ގައުމުން ބުނަމުންދަނީ ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ.


ފައިބެއަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣަޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހައިާތަނަށް 35،709 މީހުން ޝަހީދުކޮށްލާފައިވާއިރު، 79،990 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު