އިންކަމްޓެކްސް ނުދައްކާ ފަރާތްތަކެއްގެ ނަން ހާމަކޮށްފި

3 weeks ago

އަފްރާހް

ދައުލަތަށް އިންކަމްޓެކްސް ނުދައްކާ ފަރާތްތަކެއްގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އން ހާމަކޮށްފިއެވެ.


އެގޮތުން އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 43 ފަރާތެއްގެ ނަން އާންމުކޮށް މީރާއިން ވިދާޅުވީ މި ފަރާތްތަކުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ވެސް ހުށަހަޅާފައި ނުވާކަމަށެވެ.


މި ފަރާތްތަކުގެ ނަން މީރާއިން އާއްމުކޮށްފައިވަނީ ޓެކްސް ބަޔާން ހުށަހެޅުމަށް އީމެއިލް، ފޯން އަދި އެސްއެމްސްގެ ޒަރީއްޔާއިން ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް އަންގައި، ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ވެސް ހަނދާކޮށްދީފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.


މީގެއިތުރުން އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެކަމަށް ހަނދާންކޮށްދެއްވާފައި ވެއެވެ.


އެހެންކަމުން ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުން ބަޔާން ހުށަހެޅުމަށާއި، ފައިސާ ވެސް ލަސްނުކޮށް ދެއްކުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.


މީރާއިން ވިދާޅުވީ ނަން އާއްމުކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުން، އެ ފަރާތެއްގެ ނަންލިސްޓުން އުނިކުރެވޭނެކަމަށެވެ.


ދައުލަތުގެ އިދާރާތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ދައުލަތަށް އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 15 ބިލިޔަން ރުފިޔާ އޮތީ ނުދައްކައެވެ.


މީރާއިން ދަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާއްސަ އުސޫލެއްގެ ތެރެއިން ހާމަކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު