ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ފެށުމަކީ ހިދުމަތް ދިނުމަށް އެޅޭ ކާމިޔާބު ފިޔަވަޅެއް: އެމްޑީ

3 weeks ago

އަފްރާހް

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް މިހާރު 24 ގަޑިއިރު ދޭން ފަށައިފިއެވެ.


މިގޮތަށް ބަދަލުކުރީ އޮކްޓޯބަރ 1 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ން ފެށިގެންނެވެ.


މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ސްޓެލްކޯ ހޮޓްލައިން ތައާރަފްކުރި 1545 ހޮޓްލައިންގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ހިދުމަތް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.


ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯ އިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތު ލިބޭނެއެވެ. އަދި ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ވެސް ހުށަހެޅޭނެއެވެ.


މީގެއިތުރުން ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ހިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.


ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މިއީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ހިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.


މީގެއިތުރުން މި ހިދުމަތް ވެގެންދާނީ ސްޓެލްކޯ އަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު