ހުޅުލޭގައި ހުރި މޫސުން ބަލާ ރާޑަރު ސިސްޓަމުގެ މަރާމާތުގެ މަސައްކަތް ނިމެނީ

4 months ago

އަފްރާހް

ރާއްޖޭގެ މޫސުން ލަފާ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހުޅުލޭގައި މިހާރުވެސް ޑޮޕްލަރ ވެދަރ ރޭޑަރ ސިސްޓަމް އެބަހުރިކަމަށާއި އެހެންނަމަވެސް ވޭތުވެދިޔަ ފަސް އަހަރު ތެރޭ މިސިސްޓަމަށް މައްސަލަތަކެއް ޖެހި މަރާމާތު ކޮށްފައި ނުވާ ކަމަށެވެ.


އޭގެ ނަތީޖާއަކީ ބޯޓު ފަހަރު ޖައްސާއިރު، ބޭނުންވާ މޫސުމާއި ގުޅޭ މައުލޫމާތު ނުލިބުމުން އުނދަގޫތަކާ ކުރިމަތިވަމުން އައުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިސަރުކާރުން އެ ރާޑަރު ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ކުރިއަށްދަނީ މަރާމާތު ކުރުމުގެ ފަހު މަރުހަލާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެ ރާޑަރު ސިސްޓަމްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު