ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

2 weeks ago

އަފްރާހް

ދިރާގު ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.


މިއީ އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި މިމަހުގެ ފުރަތަމަ ދެ ހަފުތާގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ދިރާގުގެ ކަސްޓަމަރަކަށް އައިފޯން 16 އެއް ދިނުމަށް ވަނީ ނިންމާފައެވެ.


މި ޕްރޮމޯޝަންގައި ގުރުއަތުލާނީ އެކުންފުނިން އިއުލާންކޮށްފައިވާ 'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުށައަޅާފައިވާ ކަސްޓަމަރުންގެ މެދުގައި ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.


ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަނަކީ އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިއުލާންކުރި އެންމެ އަގުބޮޑު އިނާމް ލިބޭ ޕްރޮމޯޝަނެވެ. މި އިނާމް ލިބޭ ކަސްޓަމަރަކު ކަނޑައެޅުމަށް ގުރުލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.


މި ޕްރޮމޯޝަންގައި ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެ އަށްވުރެ މަތިން ރީޗަރޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


މީގެއިތުރުން މިމަހު މީސްމީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި 7 ރައްޓެހިންނާއެކު ހިލޭ ދަތުރެއް ދިއުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އަދި ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މެއި 2025ގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބޭނެކަމަށް ވެސް ދިރާގުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު