ޕީއެންސީގެ އެސްޖީގެ މަގާމަށް ޒީނާޒް އައްޔަންކޮށްފި

4 months ago

އަފްރާހް

ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް އަދުނާން އައްޔަކޮށްފިއެވެ.


އޭނާ މި މަގާމަށް އައްޔަންކުރިކަން އެ ކޮންގްރެސްގެ ރަސްމީ 'އެކްސް' އެކައުންޓުގައި ވަނީ ހާމަކޮށްފައެވެ. އެ ކޮންގްރެސްގެ އެސްޖީގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޝިފާގު މުފީދު (ހިސްޓޯ) ވަނީ ފައިބެއަަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވާފައެވެ.


ޒީނާޒް އަކީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ. ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނިވަޑައިގެންނެވި ޒީނާޒް އަކީ ތައުލީމީ ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތެކެވެ. އަދި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެެވެ.


އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުން ދައްކާގޮތުގައި ޕީއެންސީގައި މިވަގުތު 27،704 މެންބަރުން އެބަތިއްބެވެ. އަދި ޕީއެންސީ އާ ކޯލިޝަން ހަދާފައިވާ ޕީޕީއެމްގައި 35،044 މެންބަރުން މިވަގުތު އެބަތިއްބެވެ. ދެ ޕާޓީ އެއްކޮށްލުމުން އެއީ 62،748 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު