މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

2 weeks ago

އަފްރާހް

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.


އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންދާތީ މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.


އެގޮތުން މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއްކަން ވަނީ ހާމަކުރައްވާފައެވެ.


ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓު ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި މާފަންނާއި މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތައް ހިމެނޭ ކަމަށެވެ. އަދި މި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 6 ން 6:30 އަށް އަދި 9:45 ން 10:30 އަށް ކަމަށް އެ ޕޯސްޓުގައި ވެއެވެ.


އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ކަމަށާއި އެ ހިދުމަތް މެދުކެނޑުމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ވަނީ މައާފަށް ވެސް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު