ކަނޑުމަތިން އޮޔާދިޔަ މީހަަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

6 months ago

އަފްރާހް

ކަނޑުމަތިން އޮޔާދިޔަ މީހަަކަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ފަރުވާދޭން ފަށައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސިނަމާލެ ބްރިޖާއި ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާކަމުގެ މައުލޫމާތު 12:35 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު ވަނީ އައިޖިއެމްއެަޗަށް ގެންގޮސްފައި ކަމަށެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ މިކަމުގެ މައުލޫމާތު ލިބޭވަރަކުން މީޑިއާ އަށް ހިއްސާކުރައްވާނެކަމަށެވެ.


މި ހާދިސާ މިއަދު ހިނގާފައިވާއިރު، އިއްޔެ ވެސް ވަނީ މާލެއަތޮޅު ރިސޯޓެއް ކަމަށްވާ ފިހާޅޮހި ރިސޯޓުގައި ސްނޯކްލިންގ އަށް ފޭބި ފަތުވެރިޔަކު ގެނބިގެން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު