ގާނޫނު ހިންގުމުގައި ފަސްނުޖެހޭނަން: ޝަމްޢާން

4 months ago

އަފްރާހް

ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ މީހަކު އަލުން ރާއްޖެ އެތެރެވިޔަނުދީ ހިފަހައްޓައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖެ އައި ސްރީލަންކާ މީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނީ އޭނާއަކީ މީގެކުރިން ޑީޕޯޓު ކޮށްފައިވާ މީހަކަށް ވާތީ ކަމަށެވެ.


ދިވެއްސަކާ ކުރިން ކައިވެނިކޮށްގެން އުޅުނު ނަދީޝް ޕެރޭރާ ނަމަކަށް ކިޔާ މި މީހާ ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދިނުމުން އޭނާގެ ވަކީލުންނާއި އާންމު ބައެއް މީހުން ވަނީ ސޯޝަލް މީޑއާގައި އކަންބޮޑުވުން ފާޅުކޮށްފައެވެ.


މިކަމާއިގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ރާއްޖެއިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި ރާއްޖެ އެތެރެވާ މީހުންނާއި ރާއްޖެ އެތެރެވެ، ރާއްޖޭގައި ތިބި ބިދޭސީންގެ މައްޗަށް ވެސް އިމިގްރޭޝަން ގާނޫނު ހިންގުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަކީ އިމިގްރޭޝަން ގާނޫނުގެ ދަށުން ގާނޫނައި ގަވާއިދާ ޚިލާފުވެގެން ބިދޭސީންނަށް އަދަބު ކަނޑައެޅުމުގެ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު