ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފި

6 months ago

އަފްރާހް

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނެރުއްވާފައިވާ ހުދު ސަމާލުގައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.


މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރައްވާފައިވާއިރު، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރައްވައެވެ.


މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާ ދުވަސްވަރުކަަމަށްވާތީ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ދަނީ ލަފާކުރައްވަމުންނެވެ.


އެހެންކަމުން އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން ވެސް ސަމާލުވުމަށާއި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު