6 months ago
މި އަހަރުގެ މިނިވަން ދުވަހުގެ ޝިއާރު ކަނޑައަޅުއްވައިފިއެވެ.
ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހުގެ ޝިއާރަކީ "ދިވެހީންގެ އަމިއްލަވަންތަކަން، ދިވެހިންގެ މިނިވަންކަން" ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަހަކީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ.