3 months ago
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން "ރިވެލި 2024" ގެ ނަމުގައި ދިރާސާކުރާ ފަރާތްތަކަށް ޚާއްސަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިއީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވާފައިވާ ފަދައިން ތަރައްގީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖްތަމައެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި، ދިރާސާކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަށް އާންމުންނަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
26 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް 5،000 ރުފިޔާގެ އިނާމް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.