ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

2 weeks ago

އަފްރާހް

ހުޅަނގު މޫސުމުގެ ބާރު ގަދަވެފައޮވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.


އެ އޮފީހުން ވަނީ ހާއްސަގޮތެއްގައި ކުރިއަށް އޮތް 5 ދުވަހު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މި އިލްތިމާސްކޮށްފައިވާއިރު، އުތުރާއި މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މިހާރުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.


މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރޭގައި އާންމުގޮތެއްގައި ވައި ޖެހޭނީ ގާތްގަނޑަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ކަމަށް ބުނެފައެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 23 މޭލު ބާރުމިނުގައިކަމަށް ވެސް ލަފާކޮށްފައި ވެއެވެ.


މީގެއިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި ރާއްޖެތެރޭގެ ހުރިހާ ކަނޑުތަކެއް ވަރަށް ގަދަވެ، ގަދަވަޔާއި އެކު ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ. 


ކިޔުންތެރިންގެ ހިޔާލު